ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 80 ޕަސެންޓް ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން 50 ޕަސެންޓް ވޯޓް ހޯދި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން 70 ޕަސެންޓް ވޯޓް ހޯދި ކަމަށެވެ.
ރައީސް ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ހާލަތެއް ކަމުން އިންތިހާބުގެ ކެންޕޭނަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެހެން ނަަމަވެސް އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރުވެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.
ރައްޔިތުންގެ ވޯޓަކުން 80 ޕަސެންޓު ކީއްކުރަން 20 ޕަސެންޓު ލިބުނަސް ރަނގަޅު. ހަނދާން ނައްތާލާ.
30% ނެގުނަސް ރަނގަޅު ތި ދައްކާވާހަކަ އައް ހެއްލޭމީހެއް ނޫޅޭ މިހާރު