މަންޓާ އެއާގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެއެވެ.
މަންޓާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސީ ޕްލޭން ވެއްޓިފައި ވަނީ މާލެއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށާއި ސީޕްލޭން ވެއްޓުނު އިރު ހަ ޕެސެންޖަރުންނާއި ތިން ކުރޫއިން ތިބި ކަމަށެވެ.
އެ ހާދިސާ ހިނގި އިރު ތިބި 9 މީހުންވެސް ސަލާމަތް ކޮށްފައި ވާއިރު އޭގެ ތެރެއިން އެކަކުގެ ކޮޑު ކަށިގަނޑު ޑިސްލޮކޭޓް ވެފައިވާ ކަމަށާއި އިތުރު މީހެއްގެ ކޮނޑަށް ތަދުވާތީ އުޅޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި މިހާރު އެ އެންމެން ހޮސްޕިޓަލަށް ބަދަލު ކުރުމަށް މަސަައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެ ސީޕްލޭނުން ދަތުރުކުރި މީހުންގެ ލަގޭޖުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ނަމަވެސް މަންޓާ އެއާއިން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެންމެންވެސް ހޮސްޕިޓަލަށް މިހާރު ބަދަލު ކުރެވިފައިވާ ކަމަށެވެ.
އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެ އެކްސިޑެންޓާއި ގުޅިގެން މިވަގުތު މާލެއަށް ދަތުރު ކުރަން ހަމަޖައްސާފައި ހުރި ސީޕްލޭންތައް ވަނީ އެހެން ތަންތަނަށް ޑައިވާޓް ކޮށްފައެވެ.