ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް އުރީދޫއިން އިލްތިމާސް ކޮށްފިއެވެ.
އުރީދޫން ބުނީ އެޗްޕީއޭން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އުރީދޫ އެކްސްޕީރިއެންސް ސެންޓަރު (އޯސީއީ)ގެ ހިދުމަތް ހުޅުވާފައި ހުންނާނެ ގަޑިތަކަށް ބަދަލި އައިސްފައިވާ ކަމަށެވެ. އެގޮތުން ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 12:00 އިން 2:00 އަށާއި 2:00 އިން 4:00 އަށް ކަމަށް އުރީދޫން ބުނެއެެވެ.
ހުކުރު ހޮނިހިރުގައި އުރީދޫގެ ހުރިހާ ފިހާރަތަކެއް ބަންދުވާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.
މީގެ އިތުރުން އުރީދޫން ބުނީ ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދާ މި ދަނޑިވަޅުގައި އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށެވެ.
އަދި އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް އުރީދޫ އެޕް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައިވާއިރު ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ޑިޖިޓަލް ސެންޓަރުގެ ހިދުމަތް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.