އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ދުއްވާފައި ދިޔަ 2 ސައިކަލު އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގައި މަައުލޫމާތު މިއަދު 11:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަނިޔާވެފައި ވަނީ އެއްސައިކަލުގައި ދުއްވަން އިން ބަންގްލަދޭޝް ފިރިހެނަކަށާއި ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކާއި ފަހަތުގައި އިން ދިވެހި އަންހެނަކަށް ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ 2 ސައިކަލް ވެސް ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ދެމީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.