އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ގައި ބައިވެރިވެގެން "އަގު ހުރި" އިނާމުތަކެއް ލިބިގެންދާ ލަކީ ޑްރޯއެއް މިއަދު ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ، މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ ހޯމް އިމްރޫވްމަންޓުން ނަމަ 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރުމުން ކަމަށާއި އަދި ސުޕަމާޓުން ނަމަ 500 ރުފިޔާގެ ވިޔަފާރި ކުރުމުން ކަމަށެވެ. ރޯދަ މަހަށް ހާއްސަކޮށްގެން މި އަހަރު "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އިނަމުތަކެއް ދިނުމަށް ހަމަޖެހިފައިވާ އިރު މި ފަހަރު ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ހަމަޖެހިފައި ވަނީ ޕެކޭޖްތަކެއް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ހިޓާޗީން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ނިޕޯން ކުލައިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ޓީވީން 15 ޕަސެންޓާ ހަމައަށް ޑިސްކައުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެއްވަނަ އިނާމު ތަކަކީ:
- ފިލިޕްސް އެލްއީޑީ ޓީވީ 55"
- ހިޓާޗީ ފްރިޖް
- ޓެކްނޯ ދޮންނަ މެޝިން
- ފިލިޕްސް ސައުންޑް ބާ
- ސެންފޯޑް އަވަން
ދެވަނައަށް ދޭ އިނާމް ތަކަކީ:
- ފިލިޕްސް އެލްއީޑީ ޓީވީ 55"
- ހިޓާޗީ ފްރިޖް
- ހިޓާޗީ ވެކިއުމް ކްލީނާ
- ކުކަރު
ތިންވަނަ އަށް ދޭ އިނާމު ތަކަކީ:
- އޭއޯސީ ސްމާޓް ޓީވީ 43"
- ހިޓާޗީ ދޮންނަ މެޝިން
- ހިޓާޗީ ވެކިއުމް ކްލީނަރ
މިއަދުން ފެށިގެން ރަމަޒާން ބާޒާރު ފެށުމަށް ހަމަޖެހިފައިވާއިރު ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ ސްޓޯރުން ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. މީގެ ކުރިން ޑެލިވަރީ ކޮށްދީފައި ވަނީ ސުޕަމާޓުގެ އައިޓަމްތަކާއި ހޯމް އިމްޕްރޫވްމަންޓުން ގަންނަ ފްރިޖް ދޮންނަ މެޝިންފަދަ ތަކެތިން ކަމަށް އެސްޓީއޯން ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ ލަކީ ޑްރޯ ހިނގަމުންދާ އިރު ވެސް އަދި ނިމުމަށް ފަހު ވެސް ރަމަޒާން ބާޒާރުގެ ނުވަތަ އެހެންވެސް ޕްރޮޕޯޝަނަކާ ގުޅިގެން ލިބޭ އިނާމެއް ދިނުމަށް އެ ކުންފުނީގެ ސްޓާފެއްގެ މޮބައިލް ނަންބަރުން ނުގުޅާނެ ކަމަށެވެ. ގުޅާނީ އެސްޓީއޯގެ ރަސްމީ ނަމްބަރުތަކުން އަދި ގުޅާފަ އެކައުންޓް ނަމްބަރު ނޫނީ ކޭޝްކާޑު ނަމްބަރު ހޯދަން ނާހާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
ރަމަޒާން ބާޒާރަށްފަހު މަކީޓާ ޕްރޮމޯޝަން މާޗު މަހު ފެށޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.