މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކަށް ހަދިޔާ ކުރުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން 20000 މުސްހަފު ހަވާލުކޮށްފިއެވެ.

މި މުސްހަފްތައް މިއަދު އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ މިނިސްޓަރ އަހުމަދު ޒާހިރު އަލީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުސްހަފުތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓާ ޑރ. އާއިޝަތު އަލީއެވެ.

މި މުސްހަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް ހަދިޔާކުރެވުނު މުސްހަފުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މިނިސްޓްރީގެ ފަރާތުން އަބަދުވެސް ދިވެހި ރައްޔިތުންނަށް އަންނަނީ މުސްހަފު ހަދިޔާކުރަމުން ކަމަށެވެ.

މިގޮތުން މިވަގުތުވެސް މިނިސްޓްރީގެ ފަރާތުން ކީރިތި ގުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުސްހަފު ލިބޭނެ ކަމަށް މިނސްޓްރީން މައުލޫމާތު ދެއެވެ.