ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ވީއާރް ގޭމިން މުބާރާތް 'ވީއާރު އަލްޓިމޭޓް ކަޕް 2021' ނިންމާލައިފިއެވެ.

އުރީދޫން ބުނީ ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި 250 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

އެ މުބާރާތުގެ ގަދަ ތިން ބައިވެރިން ހޮވާފައިވާއިރު، އެއްވަނައަށް ދިޔަ ފަރާތަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ ސޮނީން އެންމެ ފަހުން ނެރުނު ޕްލޭސްޓޭޝަން 5ގެ ބްލޫރޭ އެޑިޝަން އެކެވެ. ދެވަނައަށް ދިޔަ ފަރާތަށް އޮކިއުލަސް ކުއެސްޓް 2 ވާޗުއަލް ހެޑްސެޓެއް ދީފައިވާއިރު، ތިންވަނަ ހޯދި ފަރާތަކަށް ދީފައިވަނީ 1000 ރުފިޔާގެ ވައުޗާއެކެވެ.

އެ ބައިވެރިންގެ ތެރޭގައި ހިމެނެނީ:

1. އައިމިނަތު ރައުފާ ޒަމީލު

ރާއްޖޭގެ ފުރަތަމަ ވީއާރް ގޭމިން މުބާރާތުން އެއްވަނައަށް ދިޔަ ފަރާތަށް އިނާމެއްގެ ގޮތުގައި ދީފައިވާ ސޮނީން ޕްލޭސްޓޭޝަން 5ގެ ބްލޫރޭ އެޑިޝަން / ފޮޓޯ: އުރީދޫ

2. އިބްރާހިމް މިއުވާން

ރާއްޖޭގެ ފުރަތަމަ ވީއާރް ގޭމިން މުބާރާތުން ދެވަނައަށް ދިޔަ ފަރާތަށް ދީފައިވާ އޮކިއުލަސް ކުއެސްޓް 2 ވާޗުއަލް ހެޑްސެޓް ހަވާލުކުރަނީ / ފޮޓޯ: އުރީދޫ

3. މޫސާ ނަސީމް

ރާއްޖޭގެ ފުރަތަމަ ވީއާރް ގޭމިން މުބާރާތުން ތިންވަނަ ހޯދި ފަރާތަކަށް ދީފައިވާ 1000 ރުފިޔާގެ ވައުޗާ ހަވާލުކުރަނީ / ފޮޓޯ: އުރީދޫ

އީޓޫއެސް ގޭމިން އާއި ވީއާރް ކެފޭއާ ގުޅިގެން އުރީދޫން "ވީއާރް ކަޕް"ގެ ނަމުގައި ވީއާރް ގޭމިން މުބާރާތެއް ފަށާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ. އެ މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރިއަލިޓީ މުބާރާތުގެ އިތުރުން 5ޖީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭއްވި ފުރަތަމަ މުބާރާތްވެސް މެއެވެ.