ހއ. މުރައިދޫ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައި ވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ އެ ރަށުން ބަލީގެ އަލާމަތް ހުރެގެން ކޮވިޑަށް ޓެސްޓު ކުރި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ ގޮތުން އެމީހާގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މުރައިދޫ އާ އެކު މިހާރު ރާއްޖޭގައި މޮނިޓަރިންގެ ހާލަތުގައި އޮތީ ގއ. ދެއްވަދޫ އާއި އއ. މަިވެރި އަދި މ. ކޮޅުފުއްޓެވެ.
ދެއްވަދޫ ކްލަސްޓާ އާ ގުޅިގެން މިހާތަަނަށް 85 ފަރާތެއް ދެނެގަނެވިފައި ވާއިރު މަތިވެރި އަދި ކޮޅުފުށި ކްލަސްޓާ އާ ގުޅިގެން މީހާތަނަށް 25 ކޭސް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މަތިވެރި އިއްޔެ މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ އެ ރަށުން ފުރަބަންދުގައި ހުރި ބަޔަކު ޕޮޒިޓިވްވެ އެމީހުންގެ ކޮންޓެކްޓުން ތަކެއް އެ ރަށުން ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ ގޮތުން އެރަށުން އިއްޔެ ޕޮޒިޓިވް ވެފައި ވަނީ އުމުރުން 2 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.