ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ސ.ހިތަދޫ އޭނާޒް، ހައްވާ ނާފިއާ އައްޔަނު ކުރަން ނިންމާފައިވާ ކަމަށެވެ. ނާފިއާ މަގާމަށް އައްޔަނު ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.

ނާފިއާއަކީ ފައިނޭންސިން ދާއިރާގައި ތަޖުރިބާ ހުރި ޒުވާނެކެވެ. އެގޮތުން މިހާރު ވެސް އޭނާ ގެންދަވަނީ އެސްޓީއޯގެ ފައިނޭންސްގައި މަސައްކަތް ކުރައްވަމުންނެވެ.

ނާފިއާ މަގާމަށް އައްޔަނު ކުރަނީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫޒު މަގާމުން ވަކިވެ ވަޑައިގަންނަވާތީއެވެ.