ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހިންގުމުގެ ހުއްދަ އެޗްޕީއޭން ދީފިއެވެ.

އެޗްޕީއޭން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮންޓްރޯލްކޮށް އާއްމު ރައްޔިތުންގެ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިނަމާތައްވެސް ވަގުތީ ގޮތުން ހުއްޓާލަން އަންގާ މާޗް 16 ވަނަ ދުވަހު އާންމުކުރި އިއުލާން ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން އެ އެޖެންސީގެ އުސޫލާ އެއްގޮތަށް ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހުޅުވާލުން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭއިން އަންގައެވެ.

ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހުޅުވައިގެން ހިންގުމުގައި އަމަލު ކުރަމް ޖެހެނީ އެޗްޕީއޭގެ " ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީ ގޮތުގެ އުސޫލު" އާ އެއްގޮތަށެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ސިނަމާތައް ބަންދު ކުރުމަށް އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 16ގައެވެ. ސިނަމާތަކުގެ އިތުރުން، ސްކޫލުތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓްތައް އަދި ގުރުއާން ކްލާސްތަކާއި ކޮލެޖު ޔުނިވާސިޓީތައް ވެސް ބަންދު ކުރުމަށް މާޗް މަސް ތެރޭ ވަނީ އަންގާފައެވެ.

މިހާރު ކޮވިޑްގެ ހާލަތު ރަނގަޅު ވަމުން އަންނާތީ، އޭރު އެޅި ފިޔަވަޅުތަކަށް ދަނީ ލުއި ދެމުންނެވެ. ނަމަވެސް ކޮންމެ ކަމެއް ކުރުމަށް ވެސް ހުއްދަ ދެމުން ދަނީ އެކަމަކާ ގުޅޭ އުސޫލުތަކަކާއެކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން މިހާރު ދަނީ ވެކްސިން ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.