މާރާމާރީ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާރާމާރީގެ 2 މައްސަލައަކާ ގުޅިގެން ހޯދަމުންދާ 2 ބިދޭސީން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 31 އަހަރުގެ މުހައްމަދު ބޮކިލް ހޮސައިން އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އުމުރުން 41 އަހަރުގެ މުހަމަދުލް ހަސަންއެވެ.

މި ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި މައްސަލަތަކުގައި، އުޅޭ ވަކި ތަނެއް ނޭނގޭ ބިދޭސީންނާއި ދިވެހިން ފުލުހަށް ހާޒިރުވުމަށް އަންގާ އެކަން އާންމުކޮށް އިއުލާން ކޮށްފައެވެ.