ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މަޖިލީސް އިދާރާގެ ފާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ މާލެ ހަކުރާ ގޯޅިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާރެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާ ވުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ކާރަަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 12:15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މާލޭ އާއި ބައެއް ރަށްރަށުގައި ހިނގަމުންދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިނަމާލޭ ބްރިޖުގެ ހައިވޭގައި ވެހިކަލްތަކެއް ޖެހި 2 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

މި އެކްސިޓެންޓުގައި 4 އުޅަނދަށް އެކިވަރުގެ ގެއްލުން ވި ނަމަވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް އެކްސިޑެންޓްވެ 2 ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.