ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްގެ އަސަރު ފެނުނު ގައުމުތަކުގެ އަދަދު 30 އަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް، ސީއެންއެންއިން ރިޕޯޓް ކޮށްފިއެވެ.

ބީ.1.17 ގެ ނަން ދީފައިވާ މި ވޭރިއަންޓްގެ އަސަރު ފެނުނު ގައުމުތަކުގެ އަދަދު 37 އަށް އަރާފައި ވާކަމަށާ، މި ވޭރިއަންޓްގެ އަސަރު ފެނުނު ސަރަހައްދުތަކުގެ ތެރޭގައި ހޮންގްކޮންގްއާއި ޓައިވާންވެސް ހިމެނޭ ކަމަށް ސީއެންއެންއިން ބުނެއެވެ.

ޔޫކޭ ވޭރިއަންޓް ފެނުނު ގައުމުތަކާއި ސަރަހައްދުތައް

  1. އިނގިރޭސިވިލާތް
  2. އޮސްޓްރޭލިއާ
  3. ބެލްޖިއަމް
  4. ބްރެޒިލް
  5. ކެނެޑާ
  6. ޗިލީ
  7. ޗައިނާ
  8. ޑެންމާކް
  9. ފިންލަންޑް
  10. ފްރަންސޭސިވިލާތް
  11. ޖަރުމަނުވިލާތް
  12. އައިސްލަންޑް
  13. އިންޑިއާ
  14. އަޔަލަންޑް
  15. އިސްރާއީލު
  16. އިޓަލީވިލާތް
  17. ޖަމައިކާ
  18. ޖަޕާން
  19. އުރުދުން
  20. ލުބުނާން
  21. މޯލްޓާ
  22. ލަގްޒަމްބާގް
  23. ނެދަލަންޑްސް
  24. ނިއުޒީލަންޑް
  25. ނޯވޭ
  26. ޕާކިސްތާން
  27. ޕޯޗުގަލް
  28. އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)
  29. ސިންގަޕޫރު
  30. ދެކުނު ކޮރެއާ
  31. ސްޕެއިން
  32. ސްވީޑަން
  33. ސްވިޓްޒަލަންޑް
  34. ތައިލަންޑް
  35. ތުރުކީވިލާތް
  36. އެމެރިކާ
  37. ވިއެޓްނާމް

ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓަކީ ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަވާ ވޭރިއަންޓެކެވެ. ނަމަވެސް، މި ވޭރިއަންޓަކީ ފުރާނައަށް ކިހާ ނުރައްކާ ވޭރިއަންޓެއް ކަމެއް އަދި އެއްވެސް ދިރާސާއެއްގެ އަލީގައި ސާބިތު ކުރެވިފައެއް ނުވެއެވެ.

އިންޑިއާއިން ވަނީ، މި ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ގައުމަކުން ރިޕޯޓް ނުކުރާ ވަރުގެ ކާމިޔާބު ދިރާސާއެއް ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ.