މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުއްޖަކު ހާލު ދެރަވެ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓުގާޑުގެ އެހީގައި ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ގއ. މާނަގަލަ ކައިރިއަށް ގެނބިގެން ހާލު ދެރަވި އުމުރުން 13 އަހަރުގެ ކުއްޖަކު އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީއާއެކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ކުއްޖާ އިތުރު ފަރުވާ އަށް އެހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާލާން އުނދަގޫ ވާތީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެކުއްޖާ ގެނބިގެން ދަނިކޮށް ސަލާމަތްކޮށްފައިވަނީ އެކުއްޖާގެ އާއިލާ މީހަކު ކަމަށެވެ.

އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 01:53 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.