އުރީދޫ މޯލްޑިވްސް އިން މައި އެއާޕޯޓުގައި ދެމުންދާ އިންޓަނެޓް ހިދުމަތް 3 ގުނައަށް ވަރުގަދަ ކޮށްފިއެވެ.
އުރީދޫން ބުނީ، ކޮވިޑްގެ ހާލަތާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓިފައި އޮތުމަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އަންނަން ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ކުންފުނިން ދޭ އިންޓަނެޓްގެ ހިދުމަތް އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމަށެވެ. އަދި މި ހިދުމަތް ވަރުގަދަކޮށްފައި ވަނީ މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުންދާތީ އެ ފަތުރުވެރިންނަށް ރަނަގޅު ފެންވަރެއްގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އުރީދުން ބުނެއެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އިތުރުވަމުން އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމާއި މިކަމުގައި ހިތްވަރު ދިނުމުގެ ގޮތުން އެއާޕޯޓުގެ އިންޓަނެޓް ތިން ގުނަ ވަރުގަދަކޮށްފައިވާ ކަމަށެވެ. ނަޖީބް ވަނީ ފަސް ލައްކަ ޓޫރިސްޓުންގެ ޓާގެޓް ހާސިލުވުމާ އެކު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި އެމްއޭސީއެލްއަށް މަރުހަބާ ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިދިޔަ މާޗު މަހުގެ ވަނީ ރާއްޛޭގެ ބޯޑަރުތައް ބަންދުކޮށްފައެވެ. އަދި އެއަށްފަހު ބޯޑަރު ހުޅުވާލާފައި ވަނީ 4 މަހަށް ފަހު މިދިޔަ ޖުލައި 15 ގައެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ގިނަ ފަތިރިވެރިންތަކެއް އަންނަނީ ޒިޔާރަތްކުރަމުންނެވެ، އެ ގޮތުން މިމަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 5 ލައްކައަށް އަރާފައެވެ.
މިދިޔަ 2 އަހަރެއްހާދުވަހު އެތައް އެތައް ގުނައެއް ވަރުގަދަވެގެން ދިޔަދިޔައިނުންގޮސް އޮބިނޯންނަ ވަރަށް ވަރުގަދަވީމަ ހުންނަނީ ހަމަ ގުޑާވެސްނުލާ އެނބުރި އެނބުރި ހަބޭސް ހަމަ ވަރުގަދަ ކަމުން.