ކުށެއް ކޮށްފިއްޔާ މައާފަށް އެދެން ޖެހޭނެ ކަމަށާއި މައާފަށް ނޭދިއްޖެ ނަމަ ހުންނަން ޖެހޭނީ ޖަލުގައި ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެ ގޮތުން ކުށެއް ކޮށްފި މީހަކު މައާފަށް ނޭދިއްޖެ ނަމަ ޖިނާއީ ދައުވާ ފަށައި އެމީހަކު ޖަލުގައި ހުންނަން ޖެހޭ ކަމަށެވެ.
އަދި މި ކަންކަމަށް އަލި އަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިކަމާ ވިސްނަވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަަމަށެވެ. ކޯޓުތަކުން ނިންމާ ނިންމުން ތަކަކީ ރައްޔިތުން ފުރިހަމައަށް ބަލައިގަންނަ ނިންމުން ތަކެއް ކަމަށް ވުމީ މުހިއްމު ކަމެއްގެ ގޮތުގައި އެމްޑީޕީން ދެކޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި އެ ދާއިރާގެ އޮނިގަނޑު ބަދަލުކުކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު އިންސާފަށް ވާސިލް ވެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުޅި ބޯޑާއި ގާނޫނާއި ސުޕްރީމް ކޯޓު ބަދަލު ކުރެވިފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓަކީ ދެފުށް ފެންނަ ގޮތުގައި ޝަރީއަތް ކުރާ ތަނަަކަށް ބަދަލު ކުރެވިފައިވާ ކަަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރުއީ ނިޒާމުގެ ތެރެއިން މިހާރު ހުކުމެއް ނުވިއްކޭނެ ކަމަށާއި ވިއްކައިފިއްޔާ އިނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހުކުމް ވިއްކާ ފަރާތެއް ހޯދާނެ ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ އެޖެންޑާ 19 ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމިފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ މެންބަރުންނާއި އެޓާނީ ޖެނެރަލްއާއި ރައްޔިތުން މަޖިލީހުގެ މުވައްޒަފުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާފައެވެ. އެމްޑީޕީން އިންސާފް ގާއިމު ކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި، އިންތިގާލީ އިންސާފް ގާއިމު ކުރުމާއި، ޝަރިއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި، ޕަބްލިކް ޑިފެންޑާސް އޮފިސް ގާއިމް ކުރުމުގެ އިތުރުން ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާ ކުރުން ހިމެނެއެވެ.
ޟިހާރުމިއެގެނީ ރައީސް ޔާމީނު ޖަލުގައެހުންނެވީ އެމަނިކުފާނު މާފަށްނޭދޭތީކަން ނުކުރާކަމަކަށް މާފަށްއެދެނީކާކު މިހުރިހާކަމެއްކުރަނީ ހަމަ ލާދީނީ ގަންޖާބޯ