ގާތްގަނޑަކަށް 40 އަހަރުގެ ދިގު މާޒީއަކަށް ފަހު ހަނދުން ފުރަތަމަ ފަހަރަށް ސާމްޕަލް ނެގި ޗައިނާގެ ޖައްވީ ކެޕްސޫލް، ދުނިޔެއާ ދިމާލަށް މިސްރާބު ޖަހާ، ދަތުރު ފަށައިފިއެވެ.

ހަނދުގައި ހަފުތާއެއްހާ ދުވަސް ހޭދަ ކުރުމަށް ފަހު "ޗަންގީ-5" ކެޕްސޫލް ދުނިޔެއަށް މިސްރާބު ޖަހާފައި ވާއިރު، މި ދަތުރަކީ 3 ދުވަހުގެ ދަތުރެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ހާމަ ކުރި ގޮތުގައި 4 އިންޖީނުގައި "ޗަންގީ-5"، ހަނދުގެ އޯބިޓުން ނިކުތުމަށް 22 މިނެޓް ހޭދަކޮށްފައިވެއެވެ.

3 ދުވަހުގެ ދަތުރަށް ފަހު "ޗަންގީ-5" ބިމާ ހިސާބަށް ތިރިވާނީ، ޗައިނާގެ އުތުރުގެ ސަރަހައްދަށެވެ. ބައިބައި ވަކިވަކީން ބިމަށް ތިރި ވާނީ ވައިކުޑަތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

"ޗަންގީ-5" ގައި ބިމަށް ގެންނަ ސާމްޕަލްއަކީ، 1976 ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިއާ)ގެ ލޫނާ 24 އިން ސާމްޕަލް ގެނައި ފަހުން، ދުނިޔޭގެ ސަތަހައަށް ހަނދުން ގެންނަ ފުރަތަމަ ސާމްޕަލްއެވެ.

"ޗަންގީ-5" މިޝަންއިން ހަނދުން ސާމްޕަލް ނެގީ ހަނދުގެ ބޭރު ފަށަލަ ތޮރުފައިގެންނެވެ. އެހެންކަމުން، މި ސާމްޕަލްގައި އެކުލެވޭ ކުނޑިއަކީ، ސޯވިއެޓުން ގެނައި ސާމްޕަލްގައި ވާ ކުނޑިއަށް ވުރެ އެތައް ބިލިއަން އަހަރެއް ހަގު ކުނޑިތަކަކަށް ވެދާނެ ކަމަށް ބުނެވެއެވެ.

ޗައިނާއިން ދަނީ ޖައްވީ ދިރާސާތައް ކުރުމުގައި އިހުނަށް ވުރެ ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާއިން ވަނީ މާސް އަށް ވެސް ދަތުރެއް ދަތުރެއް ފަށާފައެވެ.