ހދ. ކުޅުދުއްފުށީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީޓީސީއިން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތްތައް އެ ކުންފުނިން ނިންމާލާފައިވަނީ މި މަހުގެ ދިހަވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް ކުރުމާއި، އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގައު އަތުރައި، ކާނުގަނޑުގެ މަތި އެޅުން ފަދަ މަސައްކަތްތައްވެސް ކޮށްފައިވެއެވެ.

އެމްޓީސީސީން ހދ ކުޅުދުއްފުށީ ބަނދަރު ތަރައްގީ ކޮށް ނިންމާލާފައި / ފޮޓޯ: އެމްޓީސީސީ

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 129.5 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ރާޢްޖޭގެ އެކި ކަންކޮޅުތަކުގެ ތަފާތު މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެ ކުންފުނިން މި އަހަރު ހިންގި އެންމެ ފާހަގަކޮށްލެވޭ މަޝްރޫއު އަކީ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއެވެ.