ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނެ އަންހެނަކު މިއަދު އިމްރާނާ މަގުމަތިން ދިމާ ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ އިމްރާން ހިންގަވާފައި މަގުމަތިން ވަޑައިގަންނަވިކޮށް، އެ އަންހެން މީހާ ސައިކަލުގައި އިމްރާނާ އަރާ ހަމަކޮށް އިމްރާނާ ވާހަަކަ ދައްކަން މަސައްކަތް ކުރާ މަންޒަރެވެ. ނަމަވެސް ވީޑިއޯއިން އެ އަންހެން މީހާ ދެއްކި ވާހަކައެއް ސާފެއް ނޫނެވެ.
މީގެ ކުރިން އެ އަންހެން މީހާ ވަނީ އެނާއަށް ލިބުނު ޖިންސީ ގޯނާތަކާއި އިމްރާން އޭނާއާ މެދު ކަންކުރެއްވި ގޮތް، އޯޑިއޯ މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާވެސް ކޮށްފައެވެ.
އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް އޭނާ ގެންގޮސް އޭނާއަށް އިމްރާން ޖިންސީ ގޯނާ ކުރެއްވި ކަމުގެ ވާހަކަ ތަކެއް ކިޔައި ދީފައެވެ. އޭނާ ކިޔައި ދީފައި ވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުން ތަކަށް ވަނީ ފުރައްސާރަ ކުރިމަތި ވެފައެވެ.
އޯޑިއޯގައި ވާހަކަ ދައްކާ އަންހެން މީހާ ބުނާ ގޮތުގައި އޭނާ އާއި މިނިސްޓަރު އިމްރާން ފުރަތަމަ ބައްދަލުވީ ފޭސްބުކްންނެވެ. ފޭސްބުކްން ބައްދަލުވެގެން ރަނގަޅު ދުއާއެއް އޮންނާނެ ކަމަށް ބުނެ ވާހަކަ ދައްކަން ފެށި ކަމަށާއި އޭގެ ފަހުން އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކޮށް ޕާޓީގެ އޮފީހަށް ދާން ދައުވަތު ދިން ކަމަށް އަންހެން މީހާ ބުނެއެވެ. އަދި ޕާޓީގެ އޮފީހަށް ގެންގޮސް ހިމްރާން އޭނާ އަށް ޖިންސީ ގޯނާ ކުރިކަމަށް އެނާ ވަނީ ބުނެފައެވެ.
އެމައްސަލާގައި ފުލުހުން ބުނީ އޯޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަމާލުކަމަށް އައިސްފައިވާތީ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލާ ކަމެއް ނުވަން ނޫންކަމެއް ފުލުހުން ބުނެއެވެ.