އަމީރު އަހުމަދުމަގުގެ ވަކި ސަރަހައްދެއްގައި ދެކޮޅަށް ދުއްވާގޮތަށް ކަނޑައަޅައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ ސިޓީގެ މާލޭގެ މަގުތަކުގެ ޓްރެފިކަށް ގެންނަ ބަދަލެއްގެ ގޮތުން ޝަހީދު އާދަމް ނަސީރު ހިނގުމުން ފެށިގެން ހުޅަނގަށް ޖުމްހޫރީ ހިނގުމާ ހަމައަށް ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަމުންނެވެ.
މާލޭގެ މަގުތަކުންގެ ޓްރެފިކްކަށް ބަދަލުތައް ގެންނަމުންދާއިރު މާލޭގައި ދުއްވާ އުޅަދުތަކަށް ޕާކިންގެ ޖާގަ ނެތް ކަމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
މާލޭގެ މަގުތަކުގެ ހާލަތަށް ވިސްނާ، މާލެއަށް އެއްގަމު އުޅަނދު އެތެރެކުރުން ކޮންޓްރޯލް ކުރަން އެބަ ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު ތަން ހެދިޔަސް އެ ތަނުގައި ޕާކް ކުރާ އަދަދަށްވުރެ ގިނައިން ވެހިކަލް އެތެރެކުރާނަަމަ އެ މައްސަލައަކީ ހައްލެއް އޮތް މައްސަލައެއް ނޫނެވެ.
މާލޭ މަގުމަތިން ކޮންމެ ދިމާލަކަށް ބަލާލިޔަސް މަގުމަތީގައި ޕާކު ކޮށްފައި ހުންނަ އެއްގަމު އުޅަނދުތައް ފެނެއެވެ. އެތަން މިތަނުގައި ސައިކަލުތައް ޕާކް ކޮށްފައި ހުންނައިރު، ކާރުތައް ފެންނަނީ ކޮންމެވެސް ދުވާރެއްގެ މައްޗަށް އަރުވާފައި ޕާކް ކޮށްފައި އޮންނަ ތަނެވެ.