ފެސެޖަރުންނާއި ބައްދަލުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުދިޔުމަށް އެމްއެސްއެލުން އިލްތިމާސް ކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުން ފުރާ އަދި އަންނަ ޕެސެންޖަރުންނާއި ބައްދަލުކުރަން އެއާޕޯޓަށް ނިދިއުމަށް އިލްތިމާސް ކޮށްފައިވަނީ އެއާޕޯޓު ޓްރެފިކަށް ބާރު ބޮޑުވަމުން ދާތީ ކަމަށެވެ.
އެގޮތުން އެއާޕޯޓަށް ކޮންމެހެން އަންނަން ޖެހިގެން ނޫނީ ހާލަތެއްގައި ނައުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.
އެމްއޭސީއެލް އިން ބުނީ ކޮވިޑް-19 ގެ މިހާލަަތަކީ އަދިވެސް ނުރައްކާތެރި ހާލަތެއް ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެންމެ ރައްކާތެރިކަމަށްޓަކާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ވެސް ވަނީ އިތުރު ވެފައެވެ.
އެގޮތުން މިދިޔަ ހޮނިހިރު ދުވަހަކީ އަކީ ވެލާނާ އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑު ގާއިމުވެފައިވާ ދުވަހެކެވެ. އެގޮތުން ހޮނިހިރު ދުވަހު މައި އެއާޕޯޓުގައި ވަނީ 352 ފްލައިޓު ޖައްސާފައިވާ އިރު އެއާޕޯޓްގެ ރަންވޭއަށް 116 ފްލައިޓް އަދި 236 ސީޕްލޭން ޖައްސާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ
އެދުވަހު 3100 މީހުން ރާއްޖެ އައިސްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.