ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ރަންވޭގައި 116 ފްލައިޓް އަދި 236 ސީޕްލޭން ޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ކޮވިޑް އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް ހުޅުވާލިފަހުން ހޮނިހިރު ދުވަހަކީ އަކީ ވެލާނާ އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑު ގާއިމުވެފައިވާ ދުވަހެއް ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު މައި އެއާޕޯޓުގައި ވަނީ 352 ފްލައިޓު ޖައްސާފައިވާ އިރު އެއާޕޯޓްގެ ރަންވޭއަށް 116 ފްލައިޓް އަދި 236 ސީޕްލޭން ޖައްސާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ

އެދުވަހު 3100 މީހުން ރާއްޖެ އައިސްފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މިދިޔަ މަހު ދެ ވަނަ ދުވަހުވެސް ވެލާނާ އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ. އެ ގޮތުން އެ ދުވަހު މައި އެއާޕޯޓުގައި ވަނީ 227 ފްލައިޓު ޖައްސާފައި ކަމަށް އެމްއެސީލއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނީ އެދުވަހު ޖެއްސި 227 ފްލައިތުގެ ތެރެއިން 69 ފްލައިޓް ރަންވޭގައި ޖައްސާފައިވާ ކަމަށާއި 158 ސީޕްލޭން ޖައްސާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު އެކަނި 2900 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އެއީ ބޯޑަރު އަލުން ހުޅުވާލި ފަހުން، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ދުވަހެވެ.

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ވެސް ވަނީ އިތުރު ވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 126 ރިސޯޓާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި 8 ރިސޯޓެވެ.