އެމްއެންޑީއެފް ކޯސްޓް ގާޑު ޝިޕް ހުރަވީ ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ކުރި ޓުވިޓެއްގައި ބުނީ އެމްއެންޑީއެފް ކޯސްޓް ގާޑު ޝިޕް ހުރަވީ، އިންޑިއާގެ ވިސާކްހަޕަތްނާމް ނަވަލް ޑޮކްޔާޑްގައި ހުރިރެފިޓް އަށް ފަހު މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

ދިވެހި ސިފައިންގެ ކޯސްޓްގާޑް ފްލީޓްގައި ބޭނުން ކުރަމުން އަންނަ އަސްކަރީ މަނަވަރު "ސީޖީއެސް ހުރަވީ"، އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކު މަރާމާތުކޮށް، ދިވެހިރާއްޖެއާއި އަލުން އަނބުރާ ހަވާލު ކޮށްފައިވަނީ މިދިޔަ މަހު 27 ގައެވެ. "ސީޖީއެސް ހުރަވީ"ގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ އެންމެ މުހިންމު އެއް ބޯޓުޔާޑު ކަމަށް ވާ ވިސާކާޕަޓްނަމްގެ ނޭވަލް ޑޮކްޔާޑުގައައެވެ.

ދިވެހި ސިފައިންގެ ކޯސްޓްގާޑް ޔުނިޓްގައި ބޭނުން ކުރާ "ސީޖީއެސް ހުރަވީ" އަކީ، ކުރިން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ބޭނުން ކުރި "އައިއެންއެސް ތިއްލަންޗާންގް" މަނަވަރެވެ. މި މަނަވަރު ބަނދެފައި ވަނީ 2001 ވަނަ އަހަރު، ކަލްކަޓާގައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން، މި މަނަވަރު ރާއްޖެއަށް ހަވާލު ކުރީ 2006 ވަނަ އަހަރުއެވެ. އެއީ ދޭދޭ ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައެވެ.

"ސީޖީއެސް ހުރަވީ" މަރާމާތު ކުރުމުގައި ހަރަކާތްތެރިވި ކުރޫއަކީ، ކޮވިޑް-19ގެ އިންފެކްޝަނުން ސަލާމަތްވެފައިވާ ކުރޫއެއް ކަމުގެ ޔަގީންކަން ރިއާ އެޑްމިރަލް ނެއީރު ވަނީ ދެއްވާފައެވެ. "ސީޖީއެސް ހުރަވީ" މަރާމާތުގެ އަގު، 4 މިލިއަން ޑޮލަރަށް އަރާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ. މަރާމާތުގެ ހުރިހާ ހަރަދެއް ހަމަޖައްސާދީފައި ވަނީ އިންޑިއާއިންނެވެ.