އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަރަންޓީނާ ގުޅިގެން މުވައްޒަފުންނަށް ދޭ ހާއްސަ ޗުއްޓީ އަހަރީ ޗުއްޓީއިން ނުގަނޑާނެ ކަމަށް ސިވިލް ސާވިސް އިން ބުނެފިއެވެ.
ހާއްސަ ޗުއްޓީ ދިނުމުގެ ގަވައިދު މިހާރު އާންމުކޮށްފައިވާއިރު އެ ގަވާއިދަށް އަމަލުކުރާނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ތަސްދީގުކޮށް، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކުރާ އެ ނޫން ވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް ކަމަށް އެގަވާއިދުގައި ބުނެއެވެ.
އެގަވާއިދުގައި ބުނާގޮތުން ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ފަހު އަނބުރާ އައުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށް ފަހު އެ ރަށް ދޫކޮށް ދިއުމުގެ ސަބަބުން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ކަރަންޓީނު ވާން ޖެހޭ މުވައްޒަފުންނަށް އެ މުއްދަތަށް އެ ޗުއްޓީ ދޭންވާނެ ކަމަށް އެގަވާއިދުގައި ބުނެއެވެ.
އޭގެ އިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިގެން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ތިބެންޖެހޭ މުވައްޒަފުންނަށް އެ މުއްދަތަށް އެ ޗުއްޓީ ދޭންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެއެވެ.
އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޗުއްޓީ ހަމަޖެހޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި އިނާޔަތްތައް ލިބޭ ފަދައިން މުސާރައާއި އިނާޔަތްތައް ދޭންވާނެ ކަމަށް ވަނީ ބުނެފައެވެ.
އެ ގަވާއިދުގެ ދަށުން މުއްދަތު ގުނަންވާނީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދޫކުރާ ލިޔުން ނުވަތަ ސިއްހީ ފަރުވާ ދޭ ތަނެއްގައި ކޮވިޑް-19 އަށް ފަރުވާ ހޯދިކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ކަމަށް އެގަވާއިދުގައި ބުނެއެވެ.
ކަރަންޓީނު ބާއައްވާ. މިހާރުމިއުޅެނީ 8ގަޑިއިރު މަސައްކަތް ކުރީމަބުރޭކެއް ނުލިބިގެން ޕޯސްޓްއޮފީހުން. ކަރަންޓީނައްވުރެ މުހިއްމު ކައިގެންބޮއިގެން ހުރުން
ސިފައިންގެއިން އަދިވެސް ކަރަންޓީނު މުއްދަތު ކަނޑާ. އެއީ މިހާރު އެގޮތަށް ޢަމަލު ކުރާ ހަމައެކަނި މުއައްސަސާ
ކަަރަންޓީން ވާ މުއްދަތު މޯލްޑިވިަން މުވަޒަފުންގެ 50% ޑެއިލީ ޢެލަވަންސް އިން ދަނީ ކަނޑަމުން.