ނޮވެމްބަރު 14، 2020 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ހަވީރު 4:38 ހާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ސޯޝަލް މީޑިއާ ހޭންޑަލްތަކަށް ދޫކޮށްލީ ހިތާމަވެރި ހަބަރެކެވެ. ކޮވިޑް-19 ބަލިމަޑުކަމުގައި 57 އަހަރުގެ ދިވެހި ފިރިހެނަކު އެދުވަހު މެންދުރު 2:24 ގައި ނިޔާވި ހަބަރެވެ. ކޮވިޑް ޖެހިގެން ނިޔާވި 42 ވަނަ މީހާއެވެ. އެއާއެކު ހުރިހާ މީޑިއާތަކުން "ހޫނު ހަބަރު" ޖެހުމަށް އަވަސް ވެގަތް އިރު، ހެޔޮ ދުއާގެ މެސެޖުތަކުން ސޯޝަލް މީޑިއާ ދިޔައީ ފުރާލަމުންނެވެ.
ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްގެން ހެދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް 57 އަހަރުގެ ދިވެއްސަކު ނިޔާވި ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް ބައެއް އެހެން މަސްދަރުތަކުން މި ވާހަކަ ތަފާތުކޮށް ދައްކަން ފެށިއެވެ. އެހެންކަމުން މި ކަމުގެ ހަގީގަތް ހޯދުމަށް، ނިޔާވި މީހާގެ އާއިލާއާ ވާހަކަ ދައްކާލެވޭތޯ މަސައްކަތް ކުރީމެވެ.
ކަން ހިނގައިދިޔަ ގޮތް ދަރިފުޅުގެ ދުލުން
ނިޔާވި މީހާގެ ދަރިފުޅު، ރާނިޔާ (އަސްލު ނަމެއް ނޫން) ކިޔައިދިން ގޮތުގައި އޭނާގެ ބައްޕައަކީ ބަލިވިޔަސް، ބޮޑުވަރު ނުވާ ނަމަ ޑޮކްޓަރަށް ދައްކަން ދާން ބޭނުން ނުވާ މީހެކެވެ. އެގޮތުގެ މަތިން އެފަހަރު ވެސް ޑޮކްޓަރަށް ދައްކާ ޓެސްޓު ހައްދަން ދިޔައީ ހުން އަންނަތާ 4 ދުވަސް ފަހުން ކޮވިޑަށް ޝައްކު ކުރެވިގެންނެވެ. ޓެސްޓު ހެއްދި ދުވަހުގެ ފަހު ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުނު އިރު، އޭގެ އަނެއް ދުވަހު ބައްޕަ ސެންޓްރަލް ހޮޓެލް އަށް ގެންދިޔަ ކަމަށް ރާނިޔާ ކިޔައިދިނެވެ.
ބައްޕަ ޕޮޒިޓިވް ވެގެން ސެންޓްރަލް ހޮޓެލްގައި އައިސޮލޭޓް ކުރި ފަހުން، އާއިލާގެ އެންމެން ޕޮޒިޓިވް ވެފައިވާ ކަމަށާއި އެންމެން ޕޮޒިޓިވް ވުމުން ބައްޕަ ވެސް ގެއަށް ބަދަލުވާން އެދުނު ކަމަށް ރާނިޔާ ބުނެއެވެ. ނަމަވެސް ގެއަށް ބަދަލުވުމުން އެޗްޕީއޭ އިން އަޅާނުލާނެ ކަމަށް ބުނުމުން ބައްޕަގެ ފަރާތުން ލިބުނީ ވަރަށް ހީ ނުކުރާ ކަހަލަ ޖަވާބެއް ކަމަށް ރާނިޔާ ބުންޏެވެ.
ދުވަހަކު ވެސް ހަޑިހުތުރު ބަހުން މުއާމަލާތް ނުކުރާ އޭނާގެ ބައްޕަ ރޮއެފައި އޭނާއާ ދިމާލަށް އެފަދަ އެއްޗެއް ބުނުމުން، ބައްޕައަށް އަސަރު ކޮށްފައިވާ މިންވަރު އިހުސާސު ކުރެވިގެން ދިޔަ ކަމަށް ރާނިޔާ ބުންޏެވެ.
ރާނިޔާ ބުނީ އޭނާގެ ބައްޕަ ސެންޓްރަލް ހޮޓެލްގައި ހޭދަކުރި 5 ދުވަހު ވެސް ހުން ނުފިލާ ކަމަށާއި، އެހާ ދުވަސް ވާންދެން ހުން އައިސް އޮތް އިރު އެތަނުން ބޭސް ގުޅައެއް ހާ މިންވަރު ވެސް ފޯރު ކޮށްދީފައި ނުވާ ކަމަށެވެ. ހުމަށް ޕެނަޑޯލް ވެސް ފޯރުކޮށް ދިނީ، އާއިލާއިން އެތައް ފަހަރަކު ގުޅާ، އެއްޗެހި ކިޔައިގެން ކަމަށް ރާނިޔާ ބުނެއެވެ.
އެ އާއިލާއިން ގަބޫލު ކުރާ ގޮތުގައި އެހާ ބަލި އިރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ނުދިނުމަކީ ވެސް އެޗްޕީއޭ އިން ވެފައިވާ އިހުމާލެކެވެ. ސެންޓްރަލް ހޮޓެލްގައި ހޭދަކުރި 5 ދުވަހު ވެސް އެއްވެސް ކާއެއްޗެއް ނުކެވި، ކާ ކޮންމެ ފަހަރަކު ނުވަތަ ޖޫސް ފަދަ އެއްޗެހި ބުޔަސް، އެ ހޮޑަށް ލެވޭ ކަމަށް ރާނިޔާ ބުނެއެވެ. އޭނާ ބުނީ އެހާ ބަލިއިރު ސެންޓްރަލް ހޮޓެލްގެ ކޮޓަރިއެއްގައި އެގޮތަށް އެކަނި ކޮށްފައި ބާއްވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމުގައި އޭނާ ބުނެއެވެ.
ނިޔާވީ އައިސީޔޫގައި ފަރުވާ ދެނިކޮށެއް ނޫން!
އުމުރުން 57 އަހަރުގެ އެ މީހާ އަކީ އެއްވެސް އިތުރު ބައްޔެއް ހުންނަ މީހެއް ނޫނެވެ. ނަމަވެސް އޭނާ ދުންފަތުގެ އިސްތިއުމާލު ކުރި ކަމަށާއި، ކޮވިޑް ޖެހުމުން އޭނާއަށް އެންމެ ބޮޑަށް އުނދަގޫވީ، ހުސް އައިސް ނޭވާ ލުމަށް ކަމަށް ރާނިޔާ ބުނެއެވެ.
ރާނިޔާ ބުނާގޮތުގައި އޭނާގެ ބައްޕަ ނިޔާވި ދުވަހު، ނިޔާވުމުގެ ކުރިން ނަރުސް ކުއްޖާ ބައްޕަގެ ހާލު ބަލަން ވެސް ދިޔައެވެ. އަދި ހާލު ބަލާ ޗެކް ކުރުމަށް ފަހު ދިޔަ ފަހުން ނޭވާ ހާސް ވެގެން އޭނާގެ ބައްޕަ ނަރުސް ކުއްޖާއަށް ގުޅި ކަމަށް ވެސް ވެއެވެ.
އަދި އެދުވަހު ނަރުސް ކުއްޖާ ދިޔައިރު އޮތީ ވެއްޓިފައި ކަމަށާއި، ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް އެރުވި އިރުވެސް ވިންދު ނެތް ކަމަށް ނަރުސް ކުއްޖާއާ ހަވާލާދީ ރާނިޔާ ބުންޏެވެ.
އޭނާ ބުނީ، ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް އެރުވި އިރު ވެސް ވިންދު ނެތް ނަމަ، ބަލިމީހާ ނިޔާވީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ބުނުމަކީ ގޯހެއް ކަމަށެވެ. އަދި ބައްޕަ އައިސީޔޫއަށް ނުލާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ރާނިޔާ ބުނެއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭ އިން ބުނީ، އެ ބަލި މީހާ އެޑްމިޓް ކޮށްފައި އޮތީ ސެންޓްރަލް ހޮޓެލްގެ އައިސޮލޭޝަން ފެސިލިޓީގައި ކަމަށާއި، ހުމަށް ޕެނަޑޯލް ދީފައި ވާނެ ކަމަށެވެ. އަދި ބަލި މީހާގެ ހާލަތު ގޯސްވުމުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލު ކުރި ކަމަށާއި، ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ. އެ ހާދިސާއާ ގުޅޭ ގޮތުން އިތުރު އެއްޗެއް ބުނާކަށް އެޗްޕީއޭއަކުން ބޭނުމެއް ނުވިއެވެ.
ބަލިމީހާ ނިޔާވީ އެޗްޕީއޭގެ އިހުމާލުން ކަމަށް ނުބުނި ނަމަވެސް، ބައްޕަގެ ހާލަތު އެހާ ގޯސްވާން މެދުވެރި ވީ އެމީހުންގެ އިހުމާލުން ކަމަށް އާއިލާއިން ދެކެއެވެ. އަދި މިކަން "ބޮޑު ކޮށްލައިގެން" ލިބޭނެ އިތުރު ފައިދާއެއް ނެތް ނަމަވެސް މިފަދަ އިހުމާލެއް ވެފައި ވާ ވާހަކަ ނުދައްކައިފި ނަމަ މިފަދަ އެތައް ކަމެއް ތަކުރާރު ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އާއިލާއިން ދެކެއެވެ.
ކޮންފަރެންސް އައް އަރާ ހަތަރު ގަމާރުން ދޮގު ނުހަދާ ކިހާބޮޑު ބަލާއެއް ނަޒުލާ އަދި މައިމޫނާ މުޅި ގައުމު ހަލާކު ކޮއްފި
އަަޅުގަނޑު ބައްޕަވެސް ނިޔާވީ ކޮވިޑް ބަލި މަޑުކަމުގައި. ޢަޅުގަނޑު ކުއްވެރިއެއް ނުކުރާަނަން އެޗް ޕީ އޭއެއް. އަޅުގަނދު އެދުނީ ބައްޕަ އަކިީ މުސްކުޅި މިިހެއްކަމަށާއި ބައްޕަ ބަލަން އެތަނަށް ދާން ބޭނުން ކަމަށް. އެފުރުސަތު ދިން އެޗް.ޕީ.އޭ އިން. އަޅުގަނޑަކަށް ކޮވިޑް ނުޖެހެނީސް އަޅުގަނޑު އެތަނަށް ދިޔައީ ﷲގެ ރަޙްމްތްފުޅުން އެތްނުން ނިކުމެގެން އައިރުވެސް އަޅުގަނޑަކަށް އެބަލި ނުޖެޙޭ. ކޮންމެ ދިރުމެއްވެސް އަޖަލު ހަމަވުމުން ނެތިދާނެ. ތި އާއިލާއިންވެސް ކުއްޖު ބައްޕަ އާއެކު ދިޔަނަމަ ބައްޕަ އެކަނި ނުވީސް.
އަޅުގަނޑުގެ މާމަ އައް އޕއ އިން ވވވ ނުބައިކޮށް ކަންތައް ކުރީ. މާފެއް ނުކުރަަނަން ދުވަހަކުވެސް
އަޅެ އެ ކުއްޖާ ބުނެފައި އޮތީ އޭނާގެ ބައްޕަ ނިޔާވީ އެޗްޕީއޭގެ އިހުމާލުންނޭ ނުބުނާނަމޭ. އެއީ މާކުރިން ވެސް ލިޔެވިފައި އޮންނަ ކަމެކޯ
ފާތުމާ!، އަހަރެންގެ މަންމަ ވެސް ގޮސްސަ ތި ބުނާ ފެސިލިޓީ އެއްގައި އޮތް އތައް ދުވަހެއް ވަންދެން. އެކަމަކު އަހަންނަކަށް ނޭނގޭ އެހެން ގޮސްސަ ކައިރީގައި ހުރެވޭ ކަމެއް. އެނގިފަ އޮތް ނަމަތާ.
މިބަލީގަ މަރުވާ ކޮންމެ މީހެއްގެ އާއިލާއަށް ގުޅާ، ކުރިޔަށްއޮތްތާ މިނޫހުން މަރުތަހުގީގު ކުރާނެ ކަމަށް އުއްމީދުކުރަން.
ދަޕުރެސް މީ ހަމަ ބެސްޓު!
ކޮންމެ ގޮތަަށް މަރު ތަހުގީގު ކުރިޔަސް އިހުމާލުނެތް ކަަަމަކަށް ނުވާނެ.މަވެސް އޮތިން އެތާނގަ.އަޅައެއްނުލާ.ކުޑަ ގޮޅިއެއްގަ މުސްކުޅިއަކު ބޭއްވީމަ ވާނެގޮތް ވިސްނާލާ.ކުޑަދޮރުން ބޭރުބަލާލީމަ ފެންނަން އޮންނަނީ ގޭގޭގެ ފުރާޅު.