މާލޭގެ ރައްޔިތުންނަށް ގޯތި ދެވޭނެ ޕްލޭނެއް މާލޭގެ ރަށްވެހިންނަށް ގޯތި ހޯދުމަށް ހިންގާ ވަތަނީ ހަރަކާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ކުރިން ހުންނެވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވަނީ ރައީސް ސޯލިހާ ބައްދަލުކުރެއްވި ވަފުދު މެދުވެރިކޮށް ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.
އެގޮތުން ކުރައްވާފައިވާ ބައެއް ސުވާލުތަކުގެ ތެރޭގައި އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާވަންތަ ދިރިއުޅުމެއް ކަމަށާއި ރައްޔިތުންގެ ސުޕަމެޖޯޓީ ހޯދުމަށް އެމްޑީޕީ އިން މާލޭ ރައްޔިތުންނަށް ވިއްކި އެޖެންޑާ19 ގެ ސިޔާސަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިނުން ކަމަށް ވީހިނދު، މާލޭ ސަރަޙައްދުން މާލޭގެ ރައްޔިތުންނަށް ގޯތި ނުދޭން ސަރުކާރުން ނިންމެވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
އޭގެ އިތުރުން މާލޭ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ގޯތި ނުދޭން ސަރުކާރުން ނިންމުމުގެ ސަބަބުން ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ(ހ) ގައި ރައްޔިތުންނާމެދު ހަމަހަމަ އުސޫލުން ކަންކުރުމަށް ލާޒިމްކުރާ ކުރުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސްގެ މައްޗަށް ވާޖިބުވީ ހިނދު ރައީސް ރިޔާސަތުގައި މާލޭ ރައްޔިތުންނަށް އެވަރުގެ ބޮޑު އަނިޔާއެއް ދެއްވުމަށް ނިންމެވީ ކީއްވެތޯ ވަނީ ސުވާލު ކުރައްވާފައެވެ.
އޭގެ އިތުރުން ވޭތުވެދިޔަ ސަރުކާރުތަކުން ދަމަހައްޓަމުން ގެންދިޔަ މާލޭގައި އޮންނަ މީހުން ޖައްސާ ދަފްތަރު ރަޖިސްޓްރީގެ ސަބަބުން މާލޭގެ ރައްޔިތުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބޯހިޔާވެހިކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެއަށް ވަޒަންވެރިވުމަށް ޝައުޤުވެރި ކުރުވަން ދަފްތަރު ދަމަހައްޓަވަނީ ކީއްވެތޯ ވަނީ ރައީސް އަށް ސުވާލު ކުރައްވާފައެވެ. އަދި އެއީ ލާމަރުކަޒު ކުރުމަށް ހުރަސްއެޅޭ ދަފްތަރެއް ކަމަށް ވީހިނދު ރައީސްގެ ސަރުކާރުން އެ ދަފްތަރުގައި މީހުން ޖެއްސުވުން ހުއްޓުވަން މަސައްކަތް ނުކުރައްވަނީ ކީއްވެތޯ އާއި މާލޭ ރައްޔިތުން މާލޭ ސަރަޙައްދުން ގޯތި ހޯދަން މިކުރާ މަސަތްކަތަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުންނާއި ސިޔާސީ ގޮތުން ރައީސަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ.
ޝުއައިބު ވަނީ ސުވާލުތަކާއި ގުޅިގެން ރައީސް ސޯލިހުގެ ފަރާތުން ދެއްވި ޖަވާބު ހިއްސާކުރައްވާފައެވެ. އެގޮތުން ގިރާވަޅު ފަޅުން ގޯތި ދޫކުރަން ހިޔާލުކޮށް ދިރާސާ ހޯދަމުންދާ ކަމަށާއި ގުޅީފަޅުން 1200 ބިމާއި ހުޅުމާލެއިން ވެސް ކޮންމެވެސް ވަރެއް ދޭނެ ކަމަށް ރައީސް އާއި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާ ކަމަށް ޝުއައިބް ވިދާޅުވިއެވެ.
ޝުއައިބު ވިދާޅުވީ މާލޭ ރައްޔިތުންނަށް މިސަރަހައްދުން ގޯތި ދެވޭނެ ގޮތެއް ހޯދަން އިތުރަށް ދިރާސާކުރުމަށާއި ދެވޭނެ ގޮތަކީ ކޮބާއިތޯ ބެލުމަށް ހިޔާލުކުރެއްވި ކަމަށް ރައީސް ފާހަގަކުރައްވާފައިވާ ކަމަށެވެ.
މާލެ ރަށްވެހިންގެ ރަޖިސްޓަރީ އަކީ އުވާލަން ޖެހޭ އެއްޗެއް މާލެ ތޮއްޖެހުމުގެ އަސްލަކީ އެއީ
ބަލަ މާލެ މީހުން އެކަނިތަ މާލެއިން ބިން ދޭންޖެހެނީ. ޙުރެބަލަ މަމެންވެސް ވޯޓެއް ނުދޭނަން. ކެޕިޓަލް ސިޓީން ޖެހެނީ ގަންނަން. ނޫނީ އޮތްތަނަކުން ހޯދައިގެން އުޅެން ދޭބަލަ.