ކޮވިޑް-19 އާ ގުޅިގެން މިއަހަރު ފަސްކުރި އޯ ލެވެލް އިމްތިހާނު އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ޝެޑިއުލް ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އިމްތިހާނު ބާއްވާނެ ޝެޑިއުލްތައް ފޮނުވާފައިވާއިރު އެންމެ ފުރަތަމަ އިމްތިހާނު އޮންނަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު އޮންނަނޯ އާޓް އެންޑް ޑިޒައިންނެވެ. އޭގެ އަނެއް ދުވަހުވެސް އޮންނަނީ އާތް އެންޑް ޑިޒައިން ޓެސްޓު ކަމަށް ޝެޑިއުލްގައި ވެއެވެ.
އޯ ލެވެލްގެ އެންމެ ފަހު އިމްތިހާނު އޮންނަނޯ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު އޮންނަނީ ބަޔޮލޮޖީގެ ޓެސްޓެވެ.
ކޮވިޑް19 އާ ގުޅިގެން އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާން ފަސްކޮށްފައިވާއިރު ޖޫން ޖުލައި މަހުގައި ބާއްވަމުން އަންނަ އޭލެވެލް އިމްތިހާން ވެސް މިއަހަރު ވަނީ ފަސްކޮށްފައެވެ. މޭއި ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ވެސް ވަނީ ފަސްކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.
އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.
މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. އަދި އޮކްޓޫބަރު މަހު މާލޭގެ ސްކޫލުތަކުގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުނަށް ކިޔަވައިދޭން ފަށާފައެވެ.