ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަހްމަދު އަކްރަމް މަގާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އީސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލާފައެވެ.

އެގޮތުން އެ ކޮމިޓީއަށް އަކްރަމް އާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން އެ މައްސަލައިގެ ވިކްޓިމް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމުގައި އަކްރަމް ހުންނަވާ މީ ދެވަނަ ދައުރެވެ. އެ ގޮތުން އޭނާ ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.