ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް އައުޓްޑޯ ލައިބްރަރީ އެއް ހުޅުވައިފިއެވެ.

އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު ލީނާ "ދަ ޕްރެސް" އަށް މައުލޫތު ދެއްވަމުން ވިދާޅުވީ އެ ލައިބްރަރީ އަކީ އެ ސްކޫލުގެ މެނޭޖްމަންޓާއި ސްކޫލުގެ ޕީޓީއޭ އަދި ބެލެނިވެރިން ގުޅިގެން ގާއިމް ކޮށްފައިވާ ތަނެއް ކަމަށެވެ.

ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ހުސް ޖާގައިގައި ހެދި ލައިބްރަރީ ހުޅުވައި ދެއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާދުއްދީން ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ހުޅުވައިފި / އެޑިއުކޭޝަން މިނިސްޓްރީ

އެ ލައިބްރަރީ ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އިމާދުއްދީން ސްކޫލަށް މިހާރު ގެނެސްފައި ވަނީ ދަރިވަރުން ކިޔަވާ ހިތްވާ ކަހަލަ ބަދަލުތަކެއް ކަމަށެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އެގޮތަށް ލައިބްރަރީ ހެދުމަކީ އެދިވަޑައިގަތުމެއް ކަމަށެވެ.

ހުރިހާ އުމުރަކާ ގުޅޭ ތަފާތު ފޮތްތައް ހިމެނޭ އެ ލައިބްރަރީ އެއްފަހަރާ 32 ކުދިންނަށް ބޭނުން ކުރެވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާދުއްދީން ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ހުޅުވައިފި / އެޑިއުކޭޝަން މިނިސްޓްރީ

އެ ލައިބްރަރީގައި ހުންނަ ފޮތްތައް ކަބަޑުގައި ބަހައްޓާފައި ވާ އިރު، ދަރިވަރުންނަށް އިށީންނަން ޖޯއްޔާއި ބެންޗު ބަހައްޓާފައި ވެސް ހުރެއެވެ.