އުރީދޫ މޯލްޑިވްސުން މޫލީ މެދުވެރިކޮށް އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީ ޕްރީ އޯޑާ ކުރަން މިރޭ ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ، އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީއަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު މިރޭ ހުޅުވާލާނެ ކަމަށެވެ.

މާދަމާއިން ފެށިގެން މޫލީ މެދުވެރިކޮށް، އެ ކުންފުނީގެ ކަސްޓަމަރުންނަށް އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީ، ޕްރީއޯޑާ ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު އިތުރު މައުލޫމާތު ހޯއްދެވުމަށް އުރީދޫ އެޕްއަށް ޒިޔާރަތް ކުރުމަށް އުރީދޫން ބުނެއެވެ.

ރީތި އާ ޑިޒައިންތަކެއް ހިމެނޭ އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާ އެކު، އެޖް-ޓު-އެޖް ސުޕަ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ ހިމަނާފައި ވެއެވެ. ހަމައެއާއެކު ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާ އެކު އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕްއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އުރީދޫން ވަނީ އައިފޯން 12 އަދި އައިފޯން 12 ޕްރޯ މޫލީ މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭ ގޮތަށް ހުޅުވާލާފައެވެ. އުރީދޫއަކީ ފަހުގެ ޓެކްނޮލޮޖީއާއެކު ދުނިޔެއަށް ތައާރަފްކުރާ އެންމެ ފަހުގެ ފޯންތައް ރާއްޖެއަށް ގެނެސްދޭ އެއް ކުންފުންޏެވެ.