މާލޭގައި ނަރުދަމާގެ މަސައްކަތްތަކެއް ކުރަމުން ދާތީ މިރޭ 12 ގެ ފަހުން 2 ގަޑި އިރަށް، ބައެއް ގެތަކުން، ފާހާނާއާއި ސިންކު ބޭނުން ނުކުރަން އަންގައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ނަރުދަމާގެ ނިޒާމް އަޕްގްރޭޑް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ 12:00 އިން ފެށިގެން 2:00 އާ ދެމެދު ފާހާނާގެ ފްލެޝް ޓޭންކާއި ސިންކު ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

އެގޮތުން މިރޭ ދެގަޑިއިރަސް ހިދުމަތް ކެނޑޭނެ ސަރަހައްދު ފާހަގަކޮށް އެމްޑަބްލިއުއެސްސީން ވަނީ ޓްވީޓެއް ކޮށްފައެވެ.

އެއީ ކަނބާއައިސާރަނި ހިނގުމުގެ އެއް ބްލޮކެވެ. އެ މަގުގެ މަޖީދީމަގުން މުނިޔާ މަގާ ދެމެދުގައިވާ ގެތަކުން މިގޮތަށް އަމަލު ކުރުމަސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާއާފަށް އެދޭކަމަށް ވެސް އެ ކުންފުނިން ބުނެއެވެ