ރާއްޖޭގެ ޝަރުއީ ނިޒާމުން މިހާރު ފެންނަނީ ހުޅަނގުގެ ސެކިއުލަރިޒަމްގެ މަންޒަރު ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފު އެހެން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޝަރީފު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ގޮވަމުން ދިޔައީ އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމް ކުރާނެ ކަމުގެ ވާހަަކަތައް ކަމަށެވެ. އެހެން ނަމަވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރު ގެއިން އިސްލާމީ ޝަރީއާ އެކަހެރިކޮށްފައިވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާރު އިސްލާމީ ޝަރީއާއިން ތައުލީމު ހާސިލް ކުރާ ފަނޑިޔާރުންނާއި ވަކީލުންނަށް ކޯޓުތަކުގެ ދޮރުތައް ބަންދު ކޮށްފައިވާ ކަން ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެކަންކަމަކީ އާދައިގެ ކަންކަން ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ މޫނު މަތިން މިހާރު ފެންނަނީ ހުޅަނގުގެ ސެކިއުލަރިޒަމްގެ މައްޒަރުތަށް ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ އަސްލުކާއި އިސްލާމީ ހަލާރާތު ދެމެހެއްޓުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.