އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށް ދިނުމަށް، އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުރީދޫން ބުނީ އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތާއިއެކު، ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކާ، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ. އާންމު ފަރުދުންނަށާއި ކުންފުނިތަކަށްވެސް، އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި އަދި މުދަލު ޒަކާތް، 'ވާރު ޕޭ' ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އެ ހިދުމަތާ ގުޅިގެން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންކަމަށް ފަސޭހަކަމެއް ގެނެސްދޭ އައު ހިދުމަތްތައް ތައާރަފްކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ އިން އަބަދުވެސް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެމް-ފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތް ކަމަށާއި އުރީދޫގެ ޕާޓްނަރުންގެ ތެރޭގައި މީރާ ހިމެނިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމް-ފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތް. އަޅުގަނޑުމެންގެ ޕާރޓްނަރުންގެ ތެރޭގައި މީރާ ހިމެނިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަދި މިއާއި އެކު، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި މުދަލު ޒަކާތް ދެއްކުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރަން
ނަޖީބް

"ވާރު ޕޭ" ގައި އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ފައިސާ ދެއްކުމަށް:

1- 'ވާރު ޕޭ' އެޕް ޑައުންލޯޑް ކުރައްވާ

2- ފައިސާ ދައްކަވަން ބޭނުންވާ ފީ ނަންގަވާ

3- މައުލޫމާތުތައް ފުރިހަމަކުރައްވާ

4- Payment ނެންގެވުމަށް ފަހު Continue to Pay ނަންގަވާ

5- m-Faisaa ނަންގަވާ

6- އެމް ފައިސާ ނަންބަރު ޖެއްސެވުމަށް ފަހު Pay ނަންގަވާ

7- އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ، ފައިސާ ދެއްކެވުން ފުރިހަމަކުރައްވާ.

އުރީދޫ އެމް-ފައިސާ އަކީ، ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށާއި، ޓްރާންސްފާ ކުރުމަށް އަދި ވިޔަފާރިކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތެކެވެ.

މީގެ އިތުރުން، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިޔާނެޓް އަދި އުރީދޫގެ ހިދުމަތްތަކުގެ އިތުރުން ތަފާތު އެކި ހިދުމަތްތަކުގެ ބިލްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. މި އެޕް މެދުވެރިކޮށް، ބަރަކާތްތެރި ރަމަޟާން މަހު، ފިތުރު ޒަކާތް ފަސޭހަކަމާއި އެކު ދެއްކުމުގެ ފުރުސްތުވެސް ފޯރުކޮށްދެއެވެ.