އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 އަދި އައިފޯން 12 ޕްރޯ އުރީދޫ މެދުވެރިކޮށް މާދަމާ އިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ އައިފޯން 12 އަދި އައިފޯން 12 ޕްރޯ މޫލީ މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.

ފަހުން ނެރުނު އައިފޯންގެ ރީތި އާ ޑިޒައިންތަކެއް ހިމެނޭ ކަމަށާއި އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، އެޖް-ޓު-އެޖް ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ ވެސް އޭގައި ހިމެނިފައިވާ ކަމަށް އޫރީދޫން ބުނެއެވެ. ހަމައެއާއިއެކު، ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕްއެވެ

އޮކްޓޯބަރު 30 ވަނަ ދުވަހުން ފެށިގެން މޫލީ މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް އައިފޯން 12 އަދި އައިފޯން 12 ޕްރޯ، ޕްރީއޯޑަރ ކުރެވޭ އިރު މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.