ހައްގުތަކަށް ވަކާލާތު ކުރުމުގައި މައިދާނުގައި އެންމެ އަޑު ގަދަ އެއް ގައުމުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާއިން އެކި ކަންކަމުގައި ހޯދަމުން ދިޔަ 45 ކުޑަކުއްޖަކު ހޯދައިފިއެވެ.

އޮޕަރޭޝަން "އޯޓަމް ހޯޕް" ގެ ނަމުގައި، އެކި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، މި 45 ކުދިން ހޯދީ، ޔޫއެސް މާޝަލްސް ސާވިސް ޔުނިޓު (ޔޫއެސްއެމްއެސް) އިންނެވެ. މިއީ އެމެރިކާގެ ފެޑަރަލް ސަރުކާރުން ހިންގާ ތަންފީޒީ އޭޖެންސީއެކެވެ. ޔޫއެސްއެމްއެސް އަކީ، އެމެރިކާގެ އަދުލުއިންސާފާ ބެހޭ ވުޒާރާގެ ގޮތްޕަކަށް ވާއިރު، މި ޔުނިޓް އޮޕަރޭޓް ކުރަނީ ބަންޑާރަ ނައިބުގެ އިރުޝާދުގެ ދަށުންނެވެ.

އޮޕަރޭޝަން "އޯޓަމް ހޯޕް"ގެ ދަށުން، ސެންޓްރަލް އޮހައޯ ހިއުމަން ޓްރެފިކިންގް ޓާސްކް ފޯސްއިން ކުރި މަސައްކަތުން، 169 ފަރާތެއް ހައްޔަރު ކޮށްފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ނިމިގެން މިދާ އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި، ވަޒަން ލައްވާފައިވާ ބަޑިއެއް ފެނިފައި ވާކަމަށާ، އެއީ 15 އަހަރުގެ ކުއްޖަކު ހޯދުމަށް ހިންގި އޮޕަރޭޝަންގައި ކަމަށް ވާއިރު، މި ކުއްޖާއަކީ އެމެރިކާގައި ދިން ބަޑީގެ އެކި ހަމަލާތަކުގެ ތުހުމަތުގައި ހޯދަމުން ދިޔަ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. މީހެއްގެ މަރުގެ ފަހަތުގައިވެސް މި ކުއްޖާ ހަރަކާތްތެރިވި ކަމަށްވެއެވެ.

15 އަހަރުގެ އިތުރު ކުއްޖަކު ހޯދާފައިވާއިރު، އޭނާއަކީ އިންސާނީ ވަގުފާރީގެ ރިންގަކާ ގުޅުން އޮތް ކުއްޖެއް ކަމަށްވެއެވެ.

"އޮޕަރޭޝަން ސޭފްޓީ ނެޓް" ގެ ނަމުގައި ޔޫއެސްއެމްއެސްއިން މިދިޔަ މަހު ހިންގި އޮޕަރޭޝަންގައި 25 ކުއްޖަކު ހޯދާފައިވެއެވެ. މި ކުދިންނަކީ ގެއްލިގެން ނުވަތަ ނުރައްކަލަށް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވާ ކުދިންނެވެ.