އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހުމަދާ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ބައްދަލުވި މީހަކު ހުރެއްޖެ ނަމަ އެކަން ފުލުހުންނަށް އެންގުމަށް އެދިއްޖެއެވެ.
ފުލުހުން ބުނީ، މޫދުގައި މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ. އެހެންކަމުން އެ ދުވަހުގެ އެ ވަގުތުގައި އޭނައާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ފުލުހުން ވަނީ ސިދުރަތުﷲ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ރަސްފަންނަ ދަނިކޮށް ފެންނަ ސީސީޓީވީ ފޫޓޭޖްއެއް ޓްވީޓާ މެދުވެރިކޮށް އާއްމުކޮށްފައެވެ.
އުމުރުން 31 އަހަރުގެ ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އައިޖީއެމްއެޗާ ދިމާ މޫދު ތެރެއިންނެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި ޒަހަމް ހުރި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.
އެއީ ގުދުރަތީ މަރެއްކަން ކަށަވަރުވެފައި ނުވާތީ، މަރުގެ ސަބަބު ކަށަވަރު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެހާދިސާ ހިނގި ގޮތުގެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާ ނަމަވެސް އެކަން ވެސް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ސިދުރަތަކީ މީހުންނާއި މާރާމާރީ ހިންގާ ވައްކަންކޮށް ޕާޓީ ކުރާ މީހެއް ނޫން. މީހަކާ ދުވަހަކުވެސް މައްސަލައެއް ޖެހުނު ވާހަކަ އޭނާގެ ދުލުން މީހަކަށް ކިޔައިދީފައިވާ ކަމެެއްވެސް އެނގިފައެއް ނެތް. އޭނާ އަށް ސިހުރު ހަދާފައިވަނީ މޫދަށް ކަމަށާ އެކަމަކަށް މީގެ އަހަރުތަކެއް ކުރިންފެށިގެން އޭނާ ރުގްޔާ ކުރޭ
ސޭހު އިލިޔާސް ވިދާޅުވީ މަރާލިގޮތްނޭނގޭ މީހަކު ފެނިއްޖެނަމަ ދެން އޭއީ ރައީސުލްޖުމްހޫރިއްޔާ ކުރާނެކަމަކަށެވެ. މީސަލަފީ ބަސްކަމަށްވެސް ވެއެވެ.