100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހއ. ހޯރަފުއްޓަށް ތައާރަފު ކޮށްފިއެވެ.

އެކަމާ ގުޅިގެން އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިއަދުގެ ހާލަތާ އެކު އިންޓަނެޓަށް ބަރޯސާވުން އިތުރުވަމުން ދާ މި ދަނޑިވަޅުގައި އުރީދޫން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކަށް ވެސް ފެންވަރު ރަނގަޅު ހައި-ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބިގެން ދިޔުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން ކަމަށެވެ.

އެގޮތުން މި އަހަރު ތެރޭގައި މިހާތަނަށް 6 ރަށަކަށް ވަނީ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ގެ ހިދުމަތް ދެވިފައި ކަމަށާއި 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ގެ ހިދުމަތް ހއ. ހޯރަފުށީގެ ރައްޔިތުންނަށް ފޯރުކޮށް ދީ، އިތުރު ފުރިހަމަ ކަމާ އެކު އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު މިއަދު ހުޅުވާ ލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތި ކޮށް ކުރިއެރުން ހޯދައި ދިނުމަށް އުރީދޫން މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުން ދާނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

އުރީދު މޯލްޑިވްސްއިން ވަނީ ދާދި ފަހުން އުރީދޫ ސުޕާނެޓް ޕެކޭޖް ތަކައް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެން ދެއެވެ.

އެގޮތުން ހޯރަފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެން ދާނެއެވެ.