100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވިލިމާލެއަށް ތައާރަފްކޮށްފިއެވެ.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫން ދަނީ އެ ކުންފުނީގެ ތަސައްވަރާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުފރަމުން ކަމަށާއި މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައި ޑިޖިޓަލް ހިދުމަތްތަކަށް ބަރޯސާވެފައިވާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައިސްޕީޑް އިންޓަނެޓް ވަނީ ބޭނުންވެފައި ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެގޮތުން ވިލިމާލެއަށް މިހާރު މި ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ދާދި ފަހުން އެ ކުންފުނިން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދެއެވެ. މިގޮތުން ވިލިމާލޭގެ ރައްޔިތުންނަށްމި ހިދްމަތް ލިބިގެންދާނެއެވެ.