ރޭ އައި ކޮޅިގަނޑެއްގައި ސިނަމާލެ ބުރިޖުގެ ޓްރެފިކް ބައްތިއް ވެއްޓިފައި ވާތީ، ދުއްވާމީހުން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް އަދި އެއާޕޯޓަށް ދަތުރުކުރާ އުޅަނދުތަކަށް ސިގްނަލްދޭން ހުންނަ ޓްރެފިކް ލައިޓް ރޭ އައި ކޮޅިގަނޑެއްގައި ވެއްޓިފައިވާތީ ހުޅުމާލެއިން މާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ދަތުރު ކުރާ ފަރާތްތައް ސަމާލުވުމަށް އިލްތިމަސް ކުރާ ކަމަށެވެ.
ބުރިޖުގެ ލައިޓް ހަލާކުވުމާއި ގުޅިގެން ޕްލޭނިންގް މިނިސްޓްރީން ބުނީ އެލައިޓް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ.
އޮފީސްގަޑިތަކާއި ދިމާވާ ވަގުތުތަކުގައި ޓްރެފިކް ފުލުހުން އެސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުން ގެންދާ ނަމަބެސް މިއަދުގެ އެ ހާދިސާއަ ގުޅިގެން ޓްރެފިކް ޕޮލިން މިހާރު ދަނީ، ހައިވޭ އާއި އެއާޕޯޓު އަދި ބުރިޖު ގުޅޭ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުންނެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އިން މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.