100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. ދަރަވަންދުއަށް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ އެ ހިދުަމަތާއެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަނެޓްގެ ހިދުމަތް ބޭނުން ކުރައްވާ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށެވެ.

އެ ހިދުމަތާ ގުޅޭގޮތުން އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމާއި ސިއްހީ ހިދުމަތްތައް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ހިދުމަތްތައްވެސް ޑިޖިޓަލް ހިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށާއި ލިބިގަންނަ ފަރާތްތަކަށްވެސް ފެންވަރު ރަނގަޅު ހައި-ސްޕީޑްގެ އިންޓަނެޓް ވަރަށް މުހިންމު ކަމަށެވެ.

އެހެންކަމުން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ދަރަވަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ނިޔާޒް ފާހަގަ ކުރއްވިއެވެ.

އަދި އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބި ފަރާތްތަކަށް ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ އުސްމިންތަކަށް ގެންގޮސްދިނުމަށް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް، ކުރިޔަށްވުރެ 5 ގުނަ ހަލުވި ސްޕީޑާއި އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިކޮށް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މިގޮތުން ދަރަވަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.