ކުރިން ސެންޓްރަލް މޯލް (ހުޅުމާލެ) ގައި ހިނގަމުން ދިޔަ "ބެރީ ކަލެކްޝަން" މެދުކެނޑުމަކަށް ފަހު، އާ ތަނެއްގައި، އާ ތަކެއްޗާއި، އިތުރު ހިދުމަތްތަކާއެކު އަނެއްކާވެސް ހުޅުވައިފިއެވެ.

މިހާރު ބެރީ ކަލެކްޝަން ހުންނަނީ، ހުޅުމާލެ، ނިރޮޅުމަގު 6 ނަމްބަރު ގޯޅިން ވަދެ، ކަނާތް ފަރާތުން ޖެހޭ ގޯޅީގައެވެ. މެދުކެނޑުމަކަށް ފަހު ބެރީ ކަލެކްޝަން އަލުން ހުޅުވި އިރު، ކަސްޓަމަރުންގެ ހިދުމަތުގައި މި ފިހާރަ އާންމު ވިޔަފާރި ކުރާ ހުރިހާ ގަޑިއެއްގައި ވެސް ހުޅުވާފައި ހުންނާނެއެވެ.

ތުއްތު ކުދިންނަށް ހާއްސަ

ބެރީ ކަލެކްޝަނުގައި، އެންމެ ތުއްތު ކުދިން ފެށިގެން އުމުރުން 5 އަހަރުގެ އުމުރު ފުރާއާ ހަމައަށް ބޭނުންވާ ހެދުމާއި ފައިވާނާއި، ތުވާލި، ކުޑަކުދިންގެ އެނދު (ސެޓް)، ބެޑްޝީޓް އަދި ކުދިންނަށް ބޭނުންވާ ތަފާތު ވައްތަރުގެ އެހެނިހެން ސާމާނު ލިބެން ހުންނާނެއެވެ. އަދި މައިންނަށް ބޭނުންވާ ހެދުމާއި އެހެނިހެން ސާމާނުވެސް ލިބެން ހުންނާނެއެވެ.

https://www.facebook.com/watch/?v=1136962610035049

މި ފިހާރައިން އަލަށް ތައާރަފް ކުރި ހިދުމަތްތަކުގެ ތެރޭގައި ތުއްތު ކުދިން ގޮވައިގެން ޒިޔާރަތް ކުރާ މީހުންނަށް ތުއްތު ދަރިފުޅަށް ފީޑުކޮށްލެވޭނެ ފީޑިން އޭރިއާއަކާއި، ނެޕީ ބަދަލު ކޮށްލެވޭނެ ގޮތް ވެސް އިންތިޒާމު ކޮށްފައި ހުރުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް ހޮޑުލެވުން ފަދަ ކަމެއް ދިމާވެގެން ހެދުން ބަދަލު ކުރަން ބޭނުންވެއްޖެ ހިނދެއްގައި ވަގުތުން ބޭނުން ކުރެވޭނެހެން ހެދުން ވެސް ތައްޔާރު ކޮށް، އެ ފިހާރައިން ލިބެން ހުންނާނެއެވެ.

ބެރީ ކަލެކްޝަނުގެ އާ ހިދުމަތްތައް

ހަމައެހެންމެ، ކުޑަކުދިން ގޮވައިގެން ޒިޔާރަތްކުރާ ކަސްޓަމަރުންނަށް، ކުދިން ބޭނުންކުރާނެ ރީޑިން ކޯނާއެއް ވެސް އިންތިޒާމު ކޮށްފައި ވާއިރު، ކަސްޓަމަރުންނަށް ބޭނުންވާނަމަ ތާޒާ ޖޫހާއި، ކޮފީ، ހެދިކާ އަދި ޕޭސްޓްރީ ފަދަ ތަކެތި ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިހާރު ބެރީ ކަލެކްޝަނުން ގޭތެރޭގެ ޒީނަތްތެރި ކަމަށް ބޭނުންވާ އިންޑޯ އަދި އައުޓްޑޯ ގަސްވެސް ލިބެން ހުންނާނެއެވެ.