މުޖުތަމައުގައި ހިންގަމުން އަންނަ ތަފާތު އެކި އަނިޔާވެރި އަމަލުތަކާ ދުރަށް ދިއުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފާހަގަ ކުރަމުންދާ "އިންޓަނޭޝަނަލް ޑޭ އޮފް ނޮން-ވަޔަލަންސް" ދުވަހާ ގުޅިގެން ސީޕީ ވިދާޅުވީ ފުލުުންނަށް ރިޕޯޓްކުރާ ކުށްތަކުގެ ތެރޭގައި ދިވެހި މުޖުތަމައުގެ ތެރޭގައި ހިންގާ އަނިޔާވެރިކަމުގެ ކުއްތައް ހިމެނޭ ކަމަށާއި އަނިޔާވެރި ކުށްތަކުގެ އަސަރުކުރާ ވަކިވަކި ގޭބިސީތަކާއި ވަކިވަކި ފަރުދުން ހިމެނޭއިރު އެ މީހުންނާ މެދު އަޅާލާއި އެ މައްސަލަތައް ތަހުގީގުކޮށް އެ ފަދަ އަމަލުތައް ހިންގާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރުމަކީ ފުލުހުން ކޮންމެ ދުވަހަކު ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ
އެގޮތުން ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ސީޕީ ވަނީ ފާހަގަ ކުރައްވާފައެވެ.
މިއަދާ ގުޅުވައިގެން ފުލުހުންނަށް ސީޕީ އިލްތިމާސް ކުރައްވާފައި ވަނީ އެ މުވައްސަސާއަކީ ގާނޫނުތަކުން ބާރުލިބިގެން އެކި ފަރާތްތަކުގެ މައްޗަށް ބާރުގެ ބޭނުންކުރުމުގެ ހުއްދަ އޮންނަ ތަނެއް ނަމަވެސް ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ފުލުހުން ފިޔަވަޅު އެޅުމުގައި އޮންނަ މިންގަނޑުގެ ތެރެއިން ފިޔަވަޅެއް އެޅުމަށެވެ.
މީގެ އިތުރުން ސީޕީ ވަނީ އަނިޔާއާ ދުރަށް ދިއުމަށާއި މުޖުތަމައަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކީ މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
އަނިޔާއާ ދުރުވެވޭނީ އެމްޑީޕީއާ އެމްޑީއެންއާ އުތެމާޔާ ވީހާވެސް ދުރުވެގެން އެހެން ނޫންތޯ ޕީސީ