32 އަހަރުގެ މަސްވެރިއަކަށް އަނިޔާވެ އިތުރު ފަރުވާއަށް ހޯރަފުއްޓަށް ގެންދިއުމުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 32 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާކުރި" ދޯނީގައި ހުރި 32 އަހަރުގެ ދިވެހި ފަޅުވެރިއަކު ދޯނި ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އަދި އޭނާ އަވަސް ފަރުވާއަށް ހއ. ހޯރަފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ، އަނިޔާވި ފަޅުވެރިޔާ އަވަސް ފަރުވާއަށް ހޯރަފުއްޓަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓޤގާޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 13:31 ގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއަކާސް އަނިޔާވެ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މިމަހު 22 ވަނަ ދުވަހު ވެސް އެމްއެންޑީއެފުން ވަނީ މަހަށް ގޮސް އުޅެނިކޮށް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެދުވަހު އެމްއެންޑީއެފުން ބުނީ ކ.ދިއްފުށި ކަނދުފަތީގެ އިރުން 26 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "އަޒުމް" ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެެއްގެ ލޮލަށް ބުޅިއެއް ހެރިގެން ރިޕޯޓު ކޮށްފައިވާކަމަށެވެ.

އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓް ގާޑު ސްކޯޑަން އިން އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ އެދުވަހު ހަވީރު 16:20 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.