100 އެމްބީޕީއެސް އާ ހަމައަށް، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. މަނަދޫއަށް ތައާރަފް ކޮށްފިއެވެ.

އެކަމާ ގުޅުގެން އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މުޖުތަމައުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްވެސް ހައި ސްޕީޑް ބްރޯޑްބޭންޑްގެ ހިދުމަތަކީ މިހާރު ކޮންމެހެން ބޭނުން ހިދުމަތެއް ކަމަށާއި އެހެން ކަމުން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބޭ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށް ދިނުމަކީ އެންމެ މުހިންމު ކަމެއްކަމުގައި ދެކިގެން ކަމަށެވެ.

އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާ އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ނ. މަނަދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައި ދިނުމަށް އުރީދޫން ކުރަމުންދާ އެފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެ ކަމަށެވެ.

100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާ އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ނ. މަނަދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
ހުސައިން ނިޔާޒު

އުރީދު މޯލްޑިވްސްއިން ދާދި ފަހުން ވަނީ އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ.

އެ ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 ޕްސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެން ދެއެވެ.

އެގޮތުން މަނަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕާނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަަމަށް އުރީދޫން ބުނެއެވެ.