އަންނަ އޮކްޓޫބަރު މަހުގެ 4 ގައި މާލޮެ ސިޓީގެ ސްކޫލުަތައް ހުޅުވާލަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ މި ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން، އަންނަ އޮކްޓޫބަރު މަހުގެ 4 އިން ފެށިގެން މާލޭސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަކާއި 5 އެއްގެ (ގްރޭޑް 9-12އަށް) ދަރިވަރުންގެ ކިޔެވުން ފެށުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ފަހުން މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.

އެންމެ ފަހުން މާލެ ސިޓީގެ ސްކޫލުތައް އިތުރު 2 ހަފްތާއަށް ބަންދު ކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހެވެ. އަންނަ މްހުގެ 1 އަށް 2 ހަފްތާ ހަމަވާއިރު، ކޮވިޑް ކޭސްތައް ދަށްވި ނަމަވެސް، ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ ތާރީހެއް އަދި އެޑިއުކޭޝަނުން ނިންމާފައެއް ނުވެއެވެ.