އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ އިން މިއަދު "ބިގް ޑިވައިސް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގުބޫލް ބްރޭންޑް ތަކުގެ ސްމާޓްފޯނާއި އެކްސަސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާކެޓްގައި ލިބެން ހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެއެވެ. މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލް މެދުވެރިކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާއި އެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން ވަނީ އިތުރުވެފައެވެ.

މޫލީގެ ބިގް ޑިވައިސް ސޭލް އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް ކަމަށް އުރީދުން ބުނެއެވެ.

30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް އަދި އޮޕޯގެ މަގްބޫލް ފޯނުތައް ގަނެވޭނެއެވެ. ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން 15 ޕަސަންޓާ ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓްއާއި އެކު ފެންނާނެއެވެ.

އުރީދޫން ބުނީ، ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދޭ ކަމަށެވެ. އަދި މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުން ކަމަށް އުރީދޫން ބުނެއެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫން ބުނެއެވެ.ނެވެ.