ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދުމަށް ފޮޓޯއާއި ވަނަވަރު އާންމުކޮށްފިއެވެ.
ފޮޓޯއާއި ވަނަވަރު އާންމުކޮށް، ފުލުހުންގެ ތަހުގީގަސް ހާޒިރުވުމަށް އެދިފައި ވަނީ، އުމުރުން 59 އަހަރުގެ ތ. ތިމަރަފުށި/އަސަރީގެ، ޙަސަން ނިޒާރު (A251407) އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައި ވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އޭނަ ހާޒިރު ވުމަށް އަންގާފައި ވަނީ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނަށެވެ.
އޭނާ . ތިމަރަފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް އަންގާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުަވހު ހެނދުނު 10:00 އަށެވެ.
ފުލުހުން ބުނީ، ނަމާއި ފޮޓޯ އާންމުކުރީ، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ، އުޅޭ ވަކި ތަނެއް ނޭނގޭ މީހުން، ފުލުހަށް ހާޒިރުވުމަށް އަންގާ އެކަން އާންމުކޮށް އިއުލާން ކޮށްފައެވެ.
އެޔޯ އަސަރީ ގޭ ބޮޑު މަންމަނު. މަ ވެސް ބިރުގަނޭ އެޔު ދެކެ
ތީ މަންމަނެއް