އެސްޓީއޯގެ އޮންލައިން ފިހާރަ، އީސްޓޯ މެދުވެރިކޮށް ވިޔަފާރިކޮށްގެން އަގު ހުރި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، އޮންލައިންކޮށް އީސްޓޯރުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 500 ރުފިޔާއަށް ވުރެ މަތިން ވިޔާފާރި ކުރުމުން އެ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަންގައި ބައިވެރިވެވޭ ކަމަށެވެ.

މި ޕްރޮމޯޝަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އަންނަ މަހުގެ 15 ގެ ނިޔަލަށް އޮތް ޝޮޕް އެންޑް ވިން ޕްރޮމޯޝަންގައި ހާއްސަ ތިން ވަނައެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ހިޓާޗީ 65 އިންޗީގެ ލެޑް ޓީވީއަކާއި ރެފްރިޖެރޭޓާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހިޓާޗީ ޕްރަންޓް ލޯޑް އޮޓޯ ދޮންނަ މެޝިނަކާއި ފިލިޕް ސައުންޑްބާ އަކާއި ތިންވަނައަށް ހޮވޭ ނަސީބުވެރިއަކަށް ފިލިޕް ބްލެންޑާއަކާއި ހިޓާޗީ އޭސީ އަކާއި ފިލިޕް ޓޯސްޓަރަކާއި ސެންފޯޑް ރައިސް ކުކަރަކާއި، ފިލިޕް ސޭންޑްވިޗް ޓޮސްޓަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.