އުރީދޫ މޯލްޑިވްސްގެ ފަރާތުން މޫލީ އާޓް ކޮންޓެސްޓްގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން މުބާރާތެއް ފައްޓައިފިއެވެ.

އުރީދޫން ބުނީ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ ނިޔަލަށް ކަމަަށެވެ. މި މުބާރާތުގައި ކުދިން ކުރަހަން ޖެހޭނީ އެ ކުއްޖެއްގެ ހިޔާލުގައި މޫލީ ހުންނާނެ ގޮތަށް ކަމަށާއި އަދި އެ ކުރެހުން ކުރެހުމަށްފަހު އޭގެ ފޮޓޯއެއް ފޭސްބުކް އެކައުންތް ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓު ކުރުމަށް އުރީދޫން ބުނެއެވެ. ޕޯސްޓް ކުރާއިރު ހޭޝްޓެގް "މައިމޫލީ" މިހެން ޖެހުމަށް އުރީދޫން ބުނެއެވެ.

ހަމައެއާއެކު އެ ޕޯސޓްގައި މޫލީ.އެމްވީ ޓެގް ކުރުމަށާއި އެ ޕޯސްޓް ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ޕޯސްޓް ކުރުމަށްވެސް އުރީދޫން ބުނެއެވެ.

މި މުބާރާތް ހުޅުވާލާފައިވަނީ އުމރުން 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި ކުދިންގެ ކުރެހުން ފޭސްބުކް އަދި އިންސްޓަގްރާމްގައި ޝާއިއު ކުރާނީ އެކުއްޖެގެ ބެލެނިވެރިއާގެ އެކައުންޓުންނެެވެ.

https://www.facebook.com/MooleeMv/photos/a.137663697807072/182238386682936/?type=3

މި މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ތިން ފަރާތަކަށް ވަނަ ދިނުމަށް ވަނީ ނިންމާފައި ކަމަށް އުރީދުން ބުނެއެވެ. އެއީ ފަހުރުވެރި އެއްވަނަ ހޯދާ ކުއްޖަކަށް އެމެޒޯން ފަޔާ ސްޓިކާއި އާޓް ކިޓް އަކާއި އަދި ސަޕްރައިޒް ހަދިޔާއެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. ދެވަނައަށް ދާ ކުއްޖަކަށް ސަން ބަމް ހެއާ ކެއާ ސެޓަކާއި އާޓް ފޮތަކާއި ކުރަހާ ފަންސޫރު ފޮއްޓެއް ލިބިގެންދާނެއެވެ. އަދި ތިންވަނަ އަށް ދާ ކުއްޖަކަށް ސަން ކެއާ ސެޓަކަާއި އާތް ފޮތާއި ކުރަހާ ފަންސޫރު ފޮޓެއް ލިބިގެން ދާނެއެވެ.

މި މަހުގެ ނިޔަލަށް ޕޯސްޓް ކުރުމުގެ ވަގުތު ހުޅުވާލާފައިވާއިރު އެ ޕޯސްޓަށް ވީހާވެސް ގިނަ ލައިކްސް ހޯދުމަށް އުރީދޫން ބުނެއެވެ. އެގޮތުން މިހާރުވެސް ގިނަ ކުދިންތަކެއްގެ ކުރެހުންތައް ފޭސްބުކް އަދި އިންސްޓަގްރާމަށް ވަނީ އަޕްލޯޑް ކުރަން ފަށާފައެވެ.

އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަދޭ ޕްލެޓްފޯމެކެވެ. އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރުކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދިނުން ހިމެނެއެވެ.