ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ.

11 ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހަންމަލް ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެއެވެ. އަދި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި "ގައުމުގެ އިހުސާސް" ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ އެ ލަވަ ލޯންޗް ކޮށް ދެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ.

https://www.youtube.com/watch?v=ymRNxV7uTQ8&feature=youtu.be

މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ އެ ލަވަ، ކިޔުއްވާފައި ވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. އަދި ލަވައިގެ މިއުޒިކު ހައްދަވާފައި ވަނީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް މޯލްޑިވްސް އިންނެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނަކީ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށްޓަކައި ހިންގާ ކެމްޕޭނެކެވެ.